دفن الموتى في المساجد (ديفهي)

  • earth ބަސް
    (ديفهي)
  • earth ލިޔުއްވީ::
    الشيخ عبد العزيز بن عبد الله بن باز
PHPWord

 

 

دَفْنُ المَوتَى فِي المَسَاجِدِ

 

 

މިސްކިތްތަކުގައި މައްޔިތުން ވަޅުލުން

 

 

 

 

 

لِسَمَاحَةِ الشَّيْخِ العَلَّامَةِ

عَبْدِ العَزِيزِ بْنِ عَبْدِ اللهِ بْنِ بَازٍ

رَحِمَهُ اللهُ

 

ލިޔުއްވީ: ސަމާޙަތުއް-ޝައިޚު:

ޢަބްދުލް ޢަޒީޒު ބްނު ޢަބްދު ﷲ ބްނު ބާޒު

 

 


بِسْمِ اللهِ الرَّحمَنِ الرَّحِيمِ

އެގާރަވަނަ ރިސާލާ:

މިސްކިތްތަކުގައި މައްޔިތުން ވަޅުލުން

ﷲ ގެ އިސްމުފުޅުން ފަށަމެވެ. އަދި އެކަލާނގެއަށް ޙަމްދު ހުއްޓެވެ. ޞަލަވާތާއި ސަލާމްހުރީ ﷲ ގެ ރަސޫލާއަށެވެ. އަދި އެކަލޭގެފާނުގެ އާލުންނަށާއި، އެކަލޭގެފާނުގެ ތެދުމަގުން ހިދާޔަތު ލިބިގަތް ބަޔަކަށެވެ. އެއަށްފަހު ދަންނައެވެ:

ފަހެ ހިޖުރީ ތާރީޚުން 17 / 4 / 1415 ގައި ޗާޕުކޮށްފައިވާ (ސޫދާނުގެ ނޫހެއްކަމުގައިވާ) "އަލްޚުރްޠޫމު" ނޫސް އަހަރެން ބަލައިފީމެވެ. ދެން އަހަރެންނަށް ފެނުނީ: އުންމު ދުރްމާނު ސަހަރުގައި ހުންނަ އެމީހުންގެ މިސްކިތު ތެރޭގައި، ސައްޔިދު މުޙައްމަދު އަލްޙަސަނު އަލްއިދްރީސީ އޭނާގެ ބައްޕަގެ މަހާނަ ކައިރީގައި ވަޅުލިކަމުގެ ބަޔާނެއް ފަތުރާފައިވާތަނެވެ...އހ

މުސްލިމުންނަށް ނަޞޭޙަތްތެރިވެ، މުންކަރާތަށް އިންކާރުކުރުން ﷲ ތަޢާލާ ވާޖިބުކުރައްވާފައިވާކަމުން؛ މިސްކިތްތަކުގައި މީހުން ވަޅުލުން ހުއްދަވެގެން ނުވާކަން ސަމާލުކަމަށް ގެންނަން އަހަރެންނަށް ފެނުނެވެ. ކިއެއްތަ، އެއީ ޝިރުކަށް މަގުފަހި ކުރާ ވަސީލަތްތަކުގެ ތެރޭގައިވާ ކަމެކެވެ. އަދި އެއީ، ﷲ އެ ކަންތަކެއްގެ މައްޗަށް ޔަހޫދީންނާއި ނަޞާރާއިން ކުށްވެރިކުރައްވާ ނުބައިކުރައްވާ، އަދި އެކަލާނގެ ރަސޫލާ ﷺ ވެސް އެމީހުންނަށް ލަޢުނަތްލެއްވި، އެމީހުންގެ ޢަމަލުތަކުންވާ ކަމެކެވެ. އެއީ ދެ ޞަޙީޙުގައި، ޢާއިޝާ رضي الله عنهاގެ އަރިހުން ރިވާވެގެންވާ ގޮތަށެވެ. ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ:

«لَعَنَ اللَّهُ الْيَهُودَ وَالنَّصَارَى، اتَّخَذُوا قُبُورَ أَنْبِيَائِهِمْ مَسَاجِدَ».

“ޔަހޫދީންނާއި ނަޞާރާއިންނަށް ﷲ ލަޢުނަތް ލައްވާށިއެވެ. އެއުރެންގެ ނަބިއްޔުންގެ ޤަބުރުތައް މިސްކިތްތަކެއްގެ ގޮތުގައި އެއުރެން ހެދިއެވެ.” އަދި ޞަޙީޙު މުސްލިމްގައި، ޖުންދުބު ބްނު ޢަބްދި ﷲ ގެ އަރިހުން، ނަބިއްޔާ ﷺ ޙަދީޘްކުރެއްވިކަމަށް އައިސްފައިވެއެވެ:

«أَلَا وَإِنَّ مَنْ كَانَ قَبْلَكُمْ كَانُوا يَتَّخِذُونَ قُبُورَ أَنْبِيَائِهِمْ وَصَالِحِيهِمْ مَسَاجِدَ، أَلَا فَلَا تَتَّخِذُوا الْقُبُورَ مَسَاجِدَ؛ فَإِنِّي أَنْهَاكُمْ عَنْ ذَلِكَ».

“ދަންނާށެވެ! ހަމަކަށަވަރުން ތިޔަބައިމީހުންގެ ކުރިން އިސްވެދިޔަ މީހުން، އެއުރެންގެ ނަބިއްޔުންނާއި ޞާލިޙުންގެ ޤަބުރުތަކަކީ މިސްކިތްތަކެއް ކަމުގައި ހަދައި އުޅުނެވެ. ދަންނާށެވެ! ފަހެ ތިޔަބައިމީހުން ޤަބުރުތައް މިސްކިތްތަކެއްގެ ގޮތުގައި ނުހަދާހުށިކަމެވެ. ފަހެ ތިމަންކަލޭގެފާނު ތިޔަބައިމީހުންނަށް އެކަން ނަހީކުރައްވަމެވެ.” މި މާނައިގައިވާ ޙަދީޘްތައް ގިނަވެގެންވެއެވެ.

އެހެންކަމުން ކޮންމެ ތަނެއްގައިވާ މުސްލިމުންނަށް -ސަރުކާރުތަކާއި ރައްޔިތުންގެ މައްޗަށްވެސް- ވާޖިބުވެގެންވަނީ ﷲ އަށް ތަޤުވާވެރިވެ، އެކަލާނގެ ނަހީކުރެއްވި ކަންތަކުން ދުރުވެ، އެމީހުންގެ ތެރެއިން މަރުވާ މީހުން މިސްކިތްތަކުގެ ބޭރުގައި ވަޅުލުމެވެ. އެއީ ނަބިއްޔާ ﷺ އާއި އެކަލޭގެފާނުގެ އަޞްޙާބުން رضي الله عنهم ވެސް މައްޔިތުން، މިސްކިތްތަކުގެ ބޭރުގައި ފަސްދާނުލައްވަމުން ގެންދެވިގޮތަށެވެ. އަދި އެބޭކަލުންނަށް އިޙްސާންތެރިކަމާއެކު ތަބަޢަވީ ބޭކަލުންވެސް މިފަދައިން ކަންތައް ކުރެއްވި ގޮތަށެވެ.

ދެންފަހެ ނަބިއްޔާ ﷺ އާއި އެކަލޭގެފާނުގެ ދެ ޞަޙާބީންކަމުގައިވާ އަބޫބަކުރު އަދި ޢުމަރު رضي الله عنهما ޤަބުރުކޮޅުތައް އެކަލޭގެފާނު ﷺގެ މިސްކިތްކޮޅުގައި ވުން ދަންނައެވެ! ފަހެ މިސްކިތުގައި މައްޔިތުން ވަޅުލާކަށް އެއިން ޙުއްޖަތެއް ނުވެއެވެ. އެހެނީ ނަބިއްޔާ ﷺ ފަސްދާނުލެވުނީ އެކަލޭގެފާނުގެ ގެކޮޅުގައިއެވެ. އެއީ ޢާއިޝާ رضي الله عنها ގެ ގެކޮޅެވެ. ދެން އެކަލޭގެފާނުގެ ދެ ޞަޙާބީން އެކަލޭގެފާނާއެކު ފަސްދާނުލެވުނެވެ. ދެން ހިޖުރައިން ފުރަތަމަ ސަތޭކައިގެ ފެށުނުކޮޅު އަލްވަލީދު ބްނު ޢަބްދުލް މަލިކު، މިސްކިތްކޮޅުގެ ޖާގަބޮޑުކޮށް ތަނަވަސްކުރިހިނދު؛ މިސްކިތްކޮޅަށް (ޢާއިޝަތުގެފާނުގެ) ކޮޓަރިކޮޅުވެސް ވެއްދިއެވެ. ޢިލްމުގެ އަހުލުވެރިން އެކަމަށް އޭނާއަށް އިންކާރުކުރެއްވިއެވެ. ނަމަވެސް އޭނާ ދެކުނީ އޭގެ ސަބަބުން ޖާގަ ތަނަވަސްކުރަން ހުރަހެއް ނޭޅޭނެކަމަށާއި، އަދި އެކަންތައް އެއްވެސް އޮޅުމެއްނެތި ސާފުކޮށްވާ ކަމަށެވެ.

އެއިން ކޮންމެ މުސްލިމަކަށް ސާފުވެގެންދަނީ: އެކަލޭގެފާނު ﷺ އާއި އެކަލޭގެފާނުގެ ދެ ޞަޙާބީން رضي الله عنهما މިސްކިތުގެ ތެރޭގައި ފަސްދާނު ނުލެވޭކަމެވެ. އަދި މިސްކިތުގެ ޖާގަ ތަނަވަސްކުރުމުގެ ސަބަބުން އެބޭކަލުންގެ ޤަބުރުކޮޅުތައް މިސްކިތް ތެރެއަށް ވެއްދުމަކީ މިސްކިތުގައި މީހުން ވަޅުލުން ހުއްދަވެގެންވާކަމަށް ޙުއްޖަތް ނެގޭނެ ކަމެއް ނޫންކަމެވެ. އެހެނީ އެބޭކަލުން ފަސްދާނުލެވިގެންވީކީ މިސްކިތްކޮޅަކު ނޫނެވެ. އެކަމަކު އެބޭކަލުންވީ އެކަލޭގެފާނު عليه الصلاة والسلام ގެ ގެކޮޅުގައިއެވެ. އަދި އަލްވަލީދު އެ ކުރި ކަންތަކަކީ އެކަމުގައި އެއްވެސް މީހަކަށް ޙުއްޖަތަކަށް ނެގޭނެ ކަމެއް ނޫނެވެ. ޙުއްޖަތްވަނީ ހަމައެކަނި ޤުރްއާނާއި ސުންނަތާއި، އުއްމަތުގެ ސަލަފުންގެ އިޖްމާޢުގައިއެވެ. ﷲ އެބޭކަލުންނަށް ރުއްސަވާށިއެވެ. އަދި އަޅަމެން އެބޭކަލުންނަށް އިޙްސާންތެރިކަމާއެކު ތަބަޢަވީ މީހުންގެ ތެރެއިން ލައްވާށިއެވެ!

ނަޞޭޙަތްތެރިވުމަށްޓަކައި، އަދި ޒިންމާ ބަރީއަކުރުމަށްޓަކައި މި ރިސާލާ ލިޔެވުނީ: ހިޖުރައިން 14 / 5 / 1415 ގައިއެވެ.

ތައުފީޤަށް އެދެނީ ﷲ ގެ ޙަޟްރަތުންނެވެ.

 

وصلى الله وسلم على نبينا محمد، وآله وصحبه، وأتباعهم بإحسان.

 

***

 

 

dv397v4.0 - 17/08/2026